މެނޭޖިންގ ޑިރެކްޓަރަކަށް ޝިމާދު އިބްރާހިމް

މިދިޔަ އަހަރު އެންމެ ދެ ފުށް ފެންނަ ކުންފުންޏަކަށް އެސްޓީއޯ

މިދިޔަ އަހަރު އެންމެ ދެ ފުށް ފެންނަ ކުންފުންޏަކަށް އެސްޓީއޯ

ސަރުކާރު ޙިއްސާވާ ކުންފުނި ތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑަށް ދެ ފުށް ފެންނަ ގޮތަށް ހިންގާފައިވާ ކުންފުންޏަކީ އެސްޓީއޯކަން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރު ހިއްސާވާ 32 ކުންފުންޏެއްގެ މައުލޫމާތު ހިމަނައި، މިދިޔަ އަންގާރަ ދުވަހު ނެރުނު "ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި)" ރިޕޯޓުގައި މައިގަނޑު 6 ކެޓަގަރީއެއްގެ ދަށުން، 38 މިންގަނޑު ތަކުން ކުންފުނި ތަކުގެ ދެ ފުށް ފެންނަ މިންވަރު ބަލާފައިވެއެވެ.

ކެޓަގަރީތައް:

ކުންފުނީގެ މިލްކުވެރި ކަމުގެ ސިޔާސަތާއި މަގުސަދުތައް

އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސް

ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތްތައް

ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ

ޑިރެކްޓަރުންގެ ބޯޑު

ދައުލަތާ ދެމެދު ކުރާ މުއާމަލާތްތައް

ސީޖީޓީ އައި ރިޕޯޓުން ދައްކާ ގޮތުގައި އެ 6 ކެޓަގަރީ ތަކުގެ ތެރެއިން ތިން ކެޓަގަރީ އަކުން އެސްޓީއޯ ވަނީ ކުރި ހޯދައިފައެވެ. އެއީ، ކުންފުނީގެ މިލްކުވެރި ކަމުގެ ސިޔާސަތާއި މަގުސަދު ތަކުގެ ބަޔާއި އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސްގެ އިތުރުން ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީގެ ބައިންނެވެ.

ދައުލަތާ ކުރާ މުއާމަލާތް ތަކުގެ ބައިންނާއި ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތް ތަކުން ކުރި ހޯދީ، އެމްޓީޑީސީންނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ބައިން ކުރި ހޯދީ ދިރާގުންނެވެ.

ސީޖީޓީއައި ރިޕޯޓުން ދައްކާ ގޮތުގައި އެސްޓީއޯގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑަށް ދެ ފުށް ފެންނަ ކުންފުނި ތަކުގެ ތެރޭގައި އެޗްޑީއެފްސީ އާއި އެމްޓީސީސީ އާއި ބީއެމްއެލް އާއި ދިރާގުގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *