ކަސްޓަމްސްގެ އޮފިސަރުންތަކެއް. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްގެ ދައުރު ބޮޑު. ފޮޓޯ: ކަސްޓަމްސް

މިދިޔަ 6 މަސް ތެރޭގައި 51 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިފި، ގިނައީ ކޮކެއިން

މިދިޔަ 6 މަސް ތެރޭގައި 51 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިފި، ގިނައީ ކޮކެއިން

ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން ބުނެފިއެވެ.

ކަސްޓަމުން ރޭ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިއަހަރުގެ މެއި 17 ގެ ނިޔަލަށް އަތުލައި ގަތް މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު

އެ މުއްދަތުގައި ކަސްޓަމްސްއިން އެންމެ ގިނައިން އަތުލައިގަނެފައި ވަނީ ކޮކެއިންނެވެ. އެގޮތުން ކަސްޓަމުން ވަނީ ކޮކެއިންގެ 18.8 ކިލޯ އަތުލައިގެންފައެވެ. ދެން އެންމެ ގިނައިން އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯނެވެ. އެ ބާވަތުގެ 13.5 ކިލޯ ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.

ހެރޮއިންގެ 7.4 ކިލޯ އަތުލައިގަތް އިރު، މެތެމްފެޓަމިންގެ 4.7 ކިލޯ އަދި މެފެޑްރޯންގެ 3.8 ކިލޯ ކަސްޓަމުން ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން އެމްޑީއެމްއޭގެ 1.1 ކިލޯ، ހޭޝް އޮއިލްގެ 910 ގުރާމުގެ އިތުރުން އެމްފެޓަމިންގެ 451 ގުރާމް އަދި ކެނަބިސްގެ 101 ގުރާމް އަތުލައިގެންފައެވެ. އަދި ވަނީ ސިންތެޓިކް ކެނަބިނޮއިޑްސްގެ 25 ގުރާމް އަތުލައިގެންފައެވެ.

އެ ހުރިހާ މަސްތުވާތަކެތީގެ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *