ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު، އަހަރަކު 400 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރޭ!

ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު، އަހަރަކު 400 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރޭ!

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލި ތަކުން ރާއްޖޭގައި ކޮންމެ އަހަރަކު 150 މީހުން މަރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ދުނިޔޭގައި މިއަދު ފާހަގަ ކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައި، އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް ނުވަތަ 1.8 ބިލިއަން ރުފިޔާގެ ސިނގިރޭޓް އެތެރެކުރާ ކަމަށެވެ.

އަދި ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރަން އެތައް ލައްކަ ރުފިޔާއެއް ހޭދަކުރާއިރު، އާސަންދައިން ދަނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލި ތަކަށް ފަރުވާ ކުރުމަށް ބޮޑު ޚަރަދެއް ކުރަމުން ކަމަށެވެ.

"ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން، ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު، ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލި ތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރެ އެވެ."  އެޗްޕީއޭއިން ބުންޏެވެ.

"ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ހިސާބު ތަކަށް ބަލާއިރު، އަހަރަކު 400 މިލިއަން ސިނގިރޭޓު ރާއްޖެއަށް އެތެރެކުރެއެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދަ އެވެ." އެޗްޕީއޭ އިން އިތުރަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓިކް ޕައުޗް ފަދަ އުފެއްދުންތައް ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަމުންދާ ކަމަށެވެ. އެޗްޕީއޭއިން ބުނީ 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިން ކޮންމެވެސް ވައްތަރެއްގެ ދުންފަތެއް ބޭނުންކުރާ ކަމަށެވެ.

ރާއްޖޭގައިވެސް ފުރާވަރު ކުދިންނާ ޒުވާނުންގެ މެދުގައި އެފަދަ ބާވަތްތައް ބޭނުންކުރުން އާއްމުވެ ދުންފަތުގެ އިސްތއުމާލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *