މާލެ، ވިލިމާލެ، ތިލަމާލެ ބުރިޖު އަންނަ އަހަރުގެ ތެރޭގައި ގުޅުވާލެވޭނެ: މުއްތޮލިބު

މާލެ، ވިލިމާލެ، ތިލަމާލެ ބުރިޖު އަންނަ އަހަރުގެ ތެރޭގައި ގުޅުވާލެވޭނެ: މުއްތޮލިބު

ގްރޭޓާ މާލެ ކަނެކްޓިވިޓީގެ ދަށުން ހަދަމުންދާ ތިލަމާލެ ބުރިޖު، މިއަންނަ އަހަރުގެ ނިޔަލަށް މާލެ އާއި ވިލިމާލެއަށް ގުޅުވާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މުއްތަލިބު ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ދަށުން  މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31،  2026 އަށް ނިމޭނެ ކަމަށެވެ. އަދި  މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026 އަށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއާ ދެކެވުނު ވާހަކައިގެ ނަތީޖާއެއްގެ ގޮތުން މިއަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖު މާލެއާއި ވިލިމާލެއާ ގުޅުވާލެވޭނެ ކަމަށެވެ.

ބުރިޖުގެ މަޝްރޫއުގެ ދަށުން ދެން ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އެ މަޝްރޫއުގެ މަސައްކަތައް ބޭނުންވާ ފައިނޭންސް އެފްކޮންސްއަށް ހޯދައިދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖަކީ އިންޑިއާގެ އެކްޒިމް ބޭންކުން ދިން ލައިން އޮފް ކްރެޑިޓެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *