ބަސެލޯނާގެ ކޯޗު ކަމުން ވަކިކުރުމުންވެސް ޒަވީ ދައްކައިދިނީ ކުލަބަށް އޮތް ލޯބި

ބަސެލޯނާގެ ކޯޗު ކަމުން ވަކިކުރުމުންވެސް ޒަވީ ދައްކައިދިނީ ކުލަބަށް އޮތް ލޯބި

 

ޔޫރަޕުގެ ކްލަބް ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކްލަބް ބާސެލޯނާގެ ކޯޗު ކަމުން އެކުލަބުގެ ކުރީގެ ތަރި ޒަވީ ވަނީ ވަކިކޮށްފައެވެ.

ބާސެލޯނާގެ ކޯޗުގެ މަގާމު މި ސީޒަނަށް ފަހު ދޫކޮށްލާނެކަން އިއުލާން ކުރި ޒަވީ އެ ކްލަބުގައި މަޑުކުރަންވެސް ނިންމިއެވެ. ޒަވީއަށް ބާސާއިން 12 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެހެން ނަމަވެސް ޒަވީ ވަނީ އެފައިސާ މުޅިން މާފުކޮށްދީފައެވެ. ޔޫރަޕުގެ ކްލަބް ތަކުގެ ކޯޗުންނާއި އަޅާބަލާއިރު އޭނާގެ މުސާރައަކީ ވެސް ވަރަށް ކުޑަކުޑަ މުސާރައެކެވެ.

ޒަވީ ބުނި ގޮތުގައި އޭނާ ކޯޗު ކަމާއި ހަވާލުވީ ފައިސާގެ ބޭނުމުގައެއް ނޫނެވެ. ބާސާގެ ހާލަތު ވަރަށް ދައްކަމަށާއި އެކަން ރަނގަޅު ކުރުމަށް ބޭނުން ވާތީ ކަމަށް އޭނާ މީޑިޔާގައި ބުނެފައި ވެއެވެ. ޒަވީގެ ބާކީ އޮތް އެއް އަހަރު ދުވަހުގެ މުސާރަ އެއްކޮށް މާފު ކުރުމާއި ގުޅިގެން މާލީ ހާލަތު ގޯސްވެފައިވާ ބާސާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ބެލެވެއެވެ.

މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެކަން ޒަވީ އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އެއަށްފަހު ބާސާފެ ރައީސް ލަޕޯޓާ އާއި އެކުގައި ކުރެވުނު މަޝްވަރާ ތަކަށް ފަހުގައި އޭނާ ވަނީ މަޑު ކުރަން ނިންމައިފައެވެ. އެހެންނަމަވެސް ދާދިފަހުން ޒަވީ ދިން ޕްރެސްކޮންފަރެންސް އެއްގައި އޭނާ ދެއްކި ވާހަކަ ތަކަކާއި ގުޅިގެން ބާސާގެ ބޯޑާ އޭނާ އާއި ދެމެދުގައި އޮތް ގުޅުން ގޯސްވެ އެމައްސަލަ ގަނޑުގެ ތެރޭގައި އޭނާ ވަކި ކުރިއެވެ.

ޒަވީ ،44، ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ގައެވެ. ލަލީގާގެ ތާވަލުގެ ދެވަނައިގައި ސީޒަން ނިންމާލި ބާސާއިން މިސީޒަން ނިންމާލަން ޖެހުނީ ހުސް އަތާއެވެ. ވާދަވެރި ރިއާލް މެޑްރިޑުން ވަނީ ލީގު ކާމިޔާބު ކޮށްފައެވެ. އަންނަ މަހު 2 ގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ރިއާލް ދަތުރުކޮށްފައި ވެއެވެ.

ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. ޒަވީގެ އިރުޝާދުގެ ދަށުން ކުޅެ ބާސާ އިން ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާގެ ފުރަތަމަ ސީޒަން ވަރަށް ކާމިޔާބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *