ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ޑޮމެއިން ވިއްކަން ފަށަނީ

ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ޑޮމެއިން ވިއްކަން ފަށަނީ

 

އެއްގަމު އުޅަނދުތަކަށް އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،400 ޑޮމެއިން ގެންގުޅޭ ކަމަށެވެ. އޭގެތެރޭގައި ސައްޙަ ނޫން 700 ވަރަކަށް ޑޮމެއިން ހުންނާނެ ކަމަށް އަމީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ބޭނުން ކުރަމުން އައި މެޓްރިކްސް ސިސްޓަމުގެ ތެރޭގައި ގިނަ ޑޮމެއިންތަކުގެ މައުލޫމާތު ފެންނަން ނެތް ކަމަށާއި ސައްޙަ ނޫން ޑޮމެއިންތައް ދެނެގަންނަން މަސައްކަތް ކުރަނީ އެހެންވެގެން ކަމަށެވެ.

އަމީން ވިދާޅުވީ ސައްހަ ނޫން ޑޮމެއިންތައް ދެނެގަތުމަށް ފަހު އާސޮފްޓްވެއާއެއް މެދުވެރިކޮށް ޑޮމެއިން ވިޔަފާރި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް އަލުން ޑޮމެއިން ވިއްކަން ފަށާނެ ކަމަށެވެ. އަލަށް ތައާރަފުކުރާ ސިސްޓަމުގެ ތެރެއިން އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާތަނަށް ގެންގުޅެފަ އޮތީ ތިން ޑިޖިޓާ ހަތަރު ޑިިޖިޓުގެ ޑޮމެއިން. އަލަށް ތައާރަފުކުރާ ޑޮމެއިން ސިސްޓަމުގެ ތެރޭގައި އެއް ޑިޖިޓު ނުވަތަ ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ހުޅުވާލަނަން،" އަމީން ވިދާޅުވިއެވެ.

މިއަންނަ އަހަރުގެ ބަޖެޓުގައި އާ ސޮފްޓްވެއާ ގަތުމަށް ހިމަނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *