ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދު ތަކަށް ބިން ހެލުމެއް އައިސްފިއެވެ. އެކަން މެޓް އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ބިން ހެލުން އައިސްފައި ވަނީ ކުޅުދުއްފުށި ސިޓީ އާއި 224 ކިލޯ މީޓަރު ކައިރިއަށް 4.5 ކިލޯމީޓަރުގެ ބާރު މިނުގައި 10 ކިލޯމީޓަރު އަޑިންނެވެ. މެޓް އޮފީހުން ދެންމެ ބުނީ ހދ. ހަނިމާދޫގައި ގާއިމް ކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް މިރޭ 8:27 އެހާކަން ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑު ކުރެވިފައިވާ ކަމަށެވެ.
އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.
One Response
ދިވެހިންނޭ ދިވެހިންނޭ. ސަލާމަތް ވާނީ ހެޔޮކޮށް އުޅެގެން.