މިފަހަރު ބޮޑު އީދު ފާހަގަ ކުރުން އޮތީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި

މިފަހަރު ބޮޑު އީދު ފާހަގަ ކުރުން އޮތީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން މިއަހަރުގެ އަޟްޙާ އީދު، ނުވަތަ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަން ތިން ރަށެއް ކަނޑައަޅައިފިއެވެ.

މިނިސްޓްރީން ބުނީ ރަށްރަށުން ހުށަހެޅި ޕްރޮޕޯޒަލް ތަކަށް ބެލުމަށްފަހު ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް ނިންމާފައި ވަނީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގައި ކަމަށެވެ.

އެ ތިން ރަށުގައި އީދު ފާހަގަ ކުރުމަށް ނިންމީ، އީދުގައި ކުޅޭނެ ކުޅިވަރު ތަކާއި ކައުންސިލުން އެކަމަށް ކުރާނެ ޚަރަދުތަކާއި އަގަކާއި ނުލައި އެ ރަށަކުން ކުރާނެ ކަންތައް ތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ރަށްތައް ހޮވުމުގައި ރާއްޖޭގެ އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށުގައި ފާހަގަ ކުރުމަށް އިސްކަން ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު  އީދު ދުވަހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *