ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު އަވަހާރަ ވެއްޖެ

ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު އަވަހާރަ ވެއްޖެ

ފްރާންސުން، ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު، ޖޯން-ފްރަންސުއާ ޕަކްތެތު އަވަހާރަ ވެއްޖެއެވެ.

ރާއްޖޭގެ ސަފީރު ކަމަށް ޕަކްތެތު އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު 2022ގައެވެ. ފްރާންސް ސަރުކާރުގެ ސަފީރުކަމުގެ ފަތްކޮޅު ޕަކްތެތު  ދިވެހި ސަރުކާރަށް އެރުވީ 2023 ފެބްރުއަރީ 19 ގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

ރާއްޖޭ ސަފީރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕަކެތެތު ވަނީ ނޭޝަނަލް އެޓްލާންޓިކް ޓްރީޓީ އޯގަނިޒޭޝަން (ނޭޓޯ) އަދި އެމެރިކާގައި ހުންނަ ފްރާންސް ސަރުކާރުގެ ސަފީރުގެ މަގާމު އަދާކުރައްވައިފައެވެ. ޕަކެތެތުއަކީ ރާއްޖޭގެ އިތުރުން ސްރީ ލަންކާއަށް ވެސް ފްރާންސުން ކަނޑައަޅައިފައިވާ ސަފީރެވެ.

ޕަކެތެތު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަކެތެތަކީ ރާއްޖޭގެ ގާތް މިތުރެއް ކަމަށާއި އޭނާގެ ހަދާންތައް އާކުރާނީ، ފްރާންސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްތަކާއެކު ކަމަށެވެ.

އަދި ޕަކެތެތުގެ އާއިލާ އަށާއި ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީއަށް ޒަމީރު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *