ގެއްލިގެން ހޯދަމުން އަންނަ ޒޯޔާ

‏ ގެއްލިގެން އުޅުނު ޒޯޔާ ފެނިއްޖެ

‏ ގެއްލިގެން އުޅުނު ޒޯޔާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

އާއިލާގެ ފަރާތުން މައްސަލަ ހުށަހަޅައިގެން ފުލުހުން ހޯދަމުންދިޔަ އަންހެން ކުއްޖާއަކީ، ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން ބުނީ ޒޯޔާ ދިރިއުޅޭ އެޑްރެހަކީ ވ. ނާލިސް ކަމަށެވެ. ނަމަވެސް ފުލުހުން މިއަދު މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޒޯޔާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ގެއްލުނު ކަމުގެ ރިޕޯޓު ކުރިއިރު ބުނެފައި ވަނި ‏ޒޯޔާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އެއީ އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *