ހުޅުމާލޭގެ ފޭސް ދޭއްގައި ހިއްކަމުންދާ ސަރައްހައްދުގެ ބައެއްގައި އަޅާފައިވާ ސަފާރީތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ މި ސަރަހައްދުގެ ފަޅަށް ވަންނަ ކޮޅުވެއްޓި ތަކުގެ ސަބަބުން ސަފާރީ ތަކަށް ގެއްލުން ލިބި، ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އެހެން ކަމުން ރައްކާތެރި ކަމުގެ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ހުޅުމާލޭގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކާ އެ ބިމުގެ މަސައްކަތް މި ސަރުކާރުން ވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.