ސިނަމާލެ ބްރިޖާ ދިމާލު ކަނޑުން އޮޔާ ދިޔަ މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާ ދިމާލުން ކަނޑު މަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު 12:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެމީހާ ނަގައި އައިޖީއެމްއެޗްއަށް ގެންގޮސްފައި ވާކަމަށެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ ސާފުވި ވަރަކުން އެކަމާ ބެހޭ މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އެހެން ކަމުން އެކަން ހިނގީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. އަދި އެމީހާގެ ޙާލެއްވެސް އަދި ސާފެއް ނުވެއެވެ.
One Response
މަރުވެފަ އޮތް މީހެއްތަ ނޫނީ ދިރިދިރި އޮތް މީހެއްތަ. އެވަރު ފުލުހުން ބުނެލިޔަސް ފާފަވެރި ވަނީތަ