ގައުމީ ޔުނިވާރސިޓީގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރ ޑރ.ކުރުދީ އޭނާގެ އާއިލާއާއެކު. އަދި ޖަމްއިއްޔާގެ ބަޔެއް ބޭފުޅުން

ޣައްޒާގައި ތާށިވި ފަލަސްޠީނުގެ އާއިލާއެއް ރާއްޖެ ގެނެސްފި

ޣައްޒާގައި ތާށިވި ފަލަސްޠީނުގެ އާއިލާއެއް ރާއްޖެ ގެނެސްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) ގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ ޕްރޮފެސަރ ޑރ. ޙަސަން ކުރްދީގެ އާއިލާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީ ގެ އެހީގައި ރާއްޖެ ގެނެސްފިއެވެ.

އައިއޭސީ އިން ކުރި މީސް މީޑިޔާ ޕޯސްޓެއްގައި ބުނީ އައިޔޫއެމްގެ ޕްރޮފެސަރ ޑރ.ކުރުދީގެ އާއިލާ ޣައްޒާއިން ނެރުމަށް ކުރެވެމުން އައި މަސައްކަތް ކާމިޔާބުވެ، ﷲގެ ރަޙްމަތުން އެ އާއިލާ ވަނީ ރާއްޖެ ގެނެވިފައި ކަމަށެވެ.

އައިއޭސީ އިން ބުނީ ދިވެހި ރައްޔިތުންގެ އެހީއާއިއެކު އެ އާއިލާ ރައްކާތެރި ކަމާއިއެކު ރާއްޖެ ގެނެވުމަކީ އެކަމާ އެ ޖަމްޢިއްޔާއިން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ޑރ. ކުރުދީގެ އާއިލާ ރާއްޖެ އައުމުން އައިއޭސީ ޓީމުގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެ އެ އާއިލާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާ ކަމަށެވެ.

ޑރ.ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ގެޔަށް ޔަހޫދީން ބޮން އަޅައި ސުންނާފަތި ކޮށްލުމުގެ ސަބަބުން، އެއާއިލާ ދިރިއުޅެމުން އައީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ.

ޑރ. ކުރުދީގެ އާއިލާގެ ޚަބަރު އައިއޭސީއަށް ލިބުމާއެކު، އެ ޖަމިއްޔާއިން ވަނީ ކުރުދީ އާއި ބައްދަލުކޮށް އޭނާގެ އާއިލާ ޣައްޒާއިން ނެރެ، ރާއްޖެ އައުމަށްދާ ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނެ ކަމަށް ބުނެފައެވެ.

މި އާއިލާ ރާއްޖެ ގެނައުމުގައި ދިމާވި ބޮޑެތި ހުރަސް ތަކުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ވެދެއްވާފައިވާ އަވަސް އެހީތެރިކަމަށް އެ ޖަމްޢިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއެކު އަބަދުވެސް ދިވެހި ރައްޔިތުން ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *