އުނގޫފާރުގައި ކަރަންޓު އައިސްފައިވާ ފެންގަނޑު ސަރަހައްދު ފުލުހުން ބަންދު ކޮށްފައި. ފޮޓޯ: އުނގޫފާރު އޮންލައިން

ލައިޓް ދަނގަޑެއްގައި އަތްލި ދެކުއްޖަކު ކަރަންޓްގައި ޖެހިއްޖެ

ލައިޓް ދަނގަޑެއްގައި އަތްލި ދެކުއްޖަކު ކަރަންޓްގައި ޖެހިއްޖެ

ރ. އުނގޫފާރުގައި މަގުމަތި އަލި ކުރަން ޖަހާފައި ހުރި ލައިޓް ހޮޅިދަނޑިއެއްގައި އަތްލި ދެކުދިން ކަރަންޓްގައި ޖެހި، ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންޑަކަށް އެރި އުޅުނު ދެކުދިން ކަރަންޓްގައި ޖެހި އަނިޔާވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:0 އެހާކަންހާއިރު ކަމަށެވެ.
އެހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާއި، އެކުދިންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ދެކުދިން ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައި ގަނެފައިވާތީ އެކުއްޖާއަށް ފަރުވާދެމުންދާ ކަމަށްވެސް ބުންޏެވެ.
އެރަށު ވާހަކަ ދެއްކި މީހަކު ބުނީ، އެކުދިން އެރުނު ފެންގަނޑަކީ ވާރޭ ވެހިގެން އުފެދިފައިވާ ފެންގަނޑެއް ކަމަށެވެ. އަދި އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތި ހޮޅިދަނޑިއަކީ ލައިޓް ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއްނޫން ކަމަށްވެސް އޭނާ ބުންޏެވެ. އެ ހާދިސާ ހިނގީ އެ ވަގުތަކީ ވާރޭވެސް ވެހެމުންދިޔަ ވަގުތަކަށްވެފައި، އޭގައި ލައިޓް ހަރުކޮށްފައި ނެތުމުން އެ ހޮޅިދަނޑިއަށް ކަރަންޓް ގެންގޮސްފައިވާ ނަރުން ހޮޅިދަނޑިއަށް ކަރަންޓް އައިސްގެން ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެހާދިސާގައި އަންހެންކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *