އެމްއެމްޕީއާރުސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް

އެމް.އެމް.ޕީ.އާރު.ސީ ހިންގުން ވަގުތީ ގޮތުން ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރާއި ހަވާލުކޮށްފި

އެމް.އެމް.ޕީ.އާރު.ސީ ހިންގުން ވަގުތީ ގޮތުން ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރާއި ހަވާލުކޮށްފި

އެމް.އެމް.ޕީ.އާރު.ސީ ގެ ހިންގުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް އާއި މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކޮށްފި ކަމަށް ޕީ.ސީ.ބީ އިން ބުނެފިއެވެ.

ޕީ.ސީ.ބީ އިން ހާމަކޮށްފައި ވަނީ އެތަނުގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. ސަރުކާރުގެ އިސްއޮފިޝަލަކުވެސް ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "މާލެ ޓައިމްސް" އަށް މިކަމުގެ ކަށަވަރުކަން  ދީފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީ ގެ އެތެރޭގެ މައްސަލަގަނޑު ބޮޑުވެ އެކުންފުނީގެ ސިއީއޯ ނޫރައިން ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފައެވެ. އަދި އެކުންފުނީގެ އެމްޑީ އަދި ރައީސް މުއިއްޒު އަރިސް ފަރާތެއް ކަމުގައިވާ ފާތިމަތު ތައުފީގުވެސް ވަނީ އެމައްސަލައިގެ ތެރޭގައި މަގާމުން ވަކިކޮށްފައެވެ. އާދި އެހެން ބޯޑު މެންބަރެއްވެސް ވަނީ މަގާމުން އިސްތިއުފާ ދީފައިކަމަށް އެނގިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *