ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ފަތިހު ހުޅުމާލެއަށް ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ފިތުރޯނު މަގުން ވެއްޓުނު ގަސް ކަނޑައި، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ކުރަން ފަށައިފިއެވެ.
އެޗްޑީސީ އިން ބުނީ ބިންދައިގެން ދިޔަ ގަސްތައް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި މި ދުވަސްވަރަކީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭ ދުވަސް ވަރެއް ކަމުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޑީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ވައި ގަދަ ކަމުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގަސްތައް ވެއްޓުމާއި ފުރާޅު އެއްލާލުން ފަދަ ޙާދިސާތައް ދަނީ ހިނގަމުންނެވެ.