ގެއްލިގެން ހޯދަމުން ދިޔަ ބަންގްލަދޭޝްގެ މަޖިލިސް މެމްބަރަކު އިންޑިޔާގައި މަރާލާފައި އޮއްވާ ފެނިއްޖެއެވެ.
މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ މަޖިލިސް މެމްބަރު އަންވަރު އާޒިމްއެވެ. އޭނާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ. މަރާލާފައި އޮއްވާ ފެނުނީ ކަލްކަތާ ސިޓީގެ ފަޅު ގެއެއްގެ ތެރެއިން ކަމަށްވެސް ނޫސް ތަކުގައި ބުނެފައިވެއެވެ. ނަމަވެސް ބަޔެއް ރިޕޯޓުތައް ބުނާ ގޮތުން އަންވަރު ފެނުނީ އޭނާ އިންޑިޔާގައި ދިރިއުޅުއްވާ އެޕާޓްމެންޓުގެ ތެރެއިންނެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އަންވަރުގެ މަރުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.