ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު ހަމަޖެއްސެވުމަށް ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުލިއާގޭގައި ޕީއެންސީގެ ފަރާތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައަދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ފަލާހް އައްޔަން ކުރެއްވުމަށާއި ސީނިއާ ޑެޕިއުޓީ ޕީޖީއަކަށް ޝުޖާއު ހަމަޖެއްސެވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ރައީސް ހުށަހެޅުއްވިއެވެ.
އެ ތިން ބޭފުޅުންނަކީ:
1- މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު
2- ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު
3- ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލް
ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
One Response
ބެނެލަން ބޭނުންވަނީ، ތިޔަ ގްރޫޕްގަ އެންމެ ޕީޖީ ލާޑަރަކަށް އެކަށީގެންވާ މީހަކަށް ހުރީ މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ތޯރިޤް (ޓޮމް) އެވެ. ފަލާޙް އަކީ ލީޑަރޝިޕްގެ ކަންފުޅެއްވެސް ހުރިމީހެއް ނޫނެވެ. ނުވަތަ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު ޝުޖާޢު އެވެ. ފަލާހް އަކީ ކިޔަވައިގެންހުރި މީހެއްވެސް ނޫނެވެ. ރެޑްވޭވެ ސަލީމަކީވެސް މީހަކަށް ނުހެދީ ދޯއެވެ. ފަލާހްއަކީ އެމީހުނާއެއްވަރަށް ޚަރަދުވެސް ކުރި މީހެއްނޫނެވެ. ޓޮމްއަކީ ކިޔަވައިގެން މޮޅަށް ފުޓްބޯޅަ ކުޅުނު މީހެކެވެ. އަދި އިދިކޮޅުގައިވެސް، ހިތްވަރުކުރި ފަހުލަވާނެކެވެ.