ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައި ތިބި ކުދިންތަކެއް ސަލާމަތްކޮށްފި

ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައި ތިބި ކުދިންތަކެއް ސަލާމަތްކޮށްފި

އއ. ތޮއްޑޫގައި މިއަދު ހަވީރު މޫދަށް އެރުނު ކުދިން ތަކެއް ކޮޅިގަނޑެއްގައި ޖެހި، އެއްގަމަށް ނާދެވިފައި ތިއްބާ ސްޓެލްކޯގެ މުވައްޒުން އެ ކުދިން ސަލަމާތް ކޮށްފިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ކޮޅިގަނޑުގައި ތާށިވެ، އެއްގަމަށް ނޭރިތިބި ހަތަރު ކުދިން ސަލާމަތް ކޮށްފައެވެ.
“ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި މި ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައި” ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް އެހީވެދީފައެވެ.
ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *