އަންހެން ގުރޫޕަކުން ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރޭ މައްސަލައެއް!

އަންހެން ގުރޫޕަކުން ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރޭ މައްސަލައެއް!

ޒުވާން އަންހެން ގްރޫޕަކުން ރާވައިގެން، ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރޭ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ.

އެކަމާ ބެހޭގޮތުން މިއަދު ފުލުހުން ބުނީ، އެމީހުން އެކަން ކުރަނީ އެކި ބާވަތުގެ ވާހަކަ ދައްކައިގެން ދުވަސް މީހުން ހައްދާލައިގެން ކަމަށެވެ. އެގޮތަށް ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް އެ މީހުން ގެންގޮސްގެން ފޭރޭ މައްސަލައެއް މިހާރުވެސް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.  އަދި ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން، ތަންތަނަށް ދާން އެދުނަސް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފޭސް ދޭއްގެ ބައެއް ޓަވަރު ތަކުގައި ދިރިއުޅެމުންދާ އަންހެން ގްރޫޕް ތަކުން ބަޔެއް ފިރިހެނުން ގެންގޮސް ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބޭކަމަށް ބުނެ ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ވަނީ ޕޯސްޓެއްވެސް ކޮށްފައެވެ. އެހެން ކަމުން އެއްވެސް އަންހެނަކު ބުނެގެން އެ މީހުންގެ އެޕާޓްމަންޓަަށް ނުދިއުމަށް އެ ޕޯސްޓްގައި ވަނީ އެދިފައެވެ.

"ހުރިހާ ބޭފުޅުންގެ ސަމާލުކަން. ފޭސް 2 ގެ ބައެއް ޓަވަރ ތަކުގައި ދިރިއުޅެމުންދާ އަންހެނުންގެ ފަރާތުން ފިރިހެން ބޭފުޅުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު އަންނަނީ ލިބެމުން. ވީމާ އެއްވެސް އަންހެނަކު ބުނެގެން އެބޭފުޅުންގެ އެޕާރޓު މަންޓައް ނުދިއުމަށް ހަދާން ކޮއްދެން. އަދި ކުޑަކުދިން އިތުރަށް ސަމާލުވުމަށް ނަސޭހަތްތެރިވަން." ހިޔާ ޓަވަރު 14 ގެ މީހުން ދިރިއުޅޭ ކޮމިއުނިޓީ ގްރޫޕްގައި މީހަކު ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *