އިރާންގެ ރަައީސް، އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އެމްޑީޕީ އިން ތައުޒިޔާ ކިޔައިފިއެވެ.
ރައީސީ އަވަހާރަވެފައި ވަނީ އެމަނިކުފާނު ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިރާންގެ ރައީސް އަދި އެ ގަައުމުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله އަވަހާރަވުމާއި ގުޅިގެން އިރާންގެ ރައްޔިތުންނަށާއި އެ ގައުމުގެ ސަރުކާރަށް އެމްޑީޕީގެ ފަރާތުން ތަައުޒިޔާ ކިޔާ ކަމަށެވެ.
"މަރުވި ބޭފުޅުންނަށް ސުވަރުގެ މިންވަރު ކުރައްވައި އިރާނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވާށި" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.