މިއޮތީ ސަޅި ޖޮބުތަކެއް- މަހަކު 27 ހާސް ޑޮލަރާއި 1 ލައްކަ ޑޮލަރުގެ މުސާރަ!

މިއޮތީ ސަޅި ޖޮބުތަކެއް- މަހަކު 27 ހާސް ޑޮލަރާއި 1 ލައްކަ ޑޮލަރުގެ މުސާރަ!

ރާއްޖެއަށް ބަލާއިރު އެކި ދިމާލުން އިވެނީ ވަޒީފާ ނުލިބިގެންއުޅޭ އަޑު ތަކެވެ. ނަމަވެސް ބައެއް މީހުން ބުނަނީ، އެ ވާހަކަ ދައްކަނީ ރާއްޖޭގައި އަދާ ކުރާނެ ވަޒީފާ ނެތިގެން ނޫން ކަމަށެވެ. ވަޒީފާގައި މަސައްކަތް ކުރަން ޖެހޭތީ ކަމަށެވެ. ގިނަ މީހުން ބޭނުން ވަނީ ދެފައި ދޮވެލައިގެން އޮވެ، މަސައްކަތެއް ނުކޮށް ރުފިޔާ ލިބޭނެ ކަމެކެވެ. އެފަދަ މީހުން ބުނަނީ ބޭނުން ވަނީ މަސައްކަތެއް ނުކޮށް ނުވަތަ އަރާމު ވަޒީފާއެއް އަދާކޮށްލައިގެން ރަނގަޅު މުސާރައެއް ހޯދުން ކަމަށެވެ.

ދުނިޔޭގެ އާދަޔާ ޚިލާފު ވަޒީފާ ތަކަށް ބަލާލާއިރު، އެގޮތަށް ރަނގަޅު މުސާރައެއް ހޯދޭނެ، އަރާމު ވަޒީފާ ތަކެއް ވަނީ ފާހަގަ ވެފައެވެ. އޭގެ ތެރެއިން ބައެއް ވަޒީފާތަކާބެހޭ މައުލޫމާތު މިފަހަރު ހިއްސާ ކޮށްލާނަމެވެ.

* އެނދު އަރާމުތޯ ބެލުމުގެ ވަޒީފާ – މުސާރަ މަހަކު 27 ހާސް ޑޮލަރު!

ވަޒީފާ ތަކުގެ ތެރެއިން އެނދު ޓެސްޓް ކުރާ ވަޒީފާއަކީ ބޮޑެތި ހޮޓެލްސް ޗެއިން ތަކުގައި ވަރަށް މުހިއްމު އަދި އެހާމެ ފަސޭހަ ވަޒީފާއެކެވެ. އެ ވަޒީފާ އަދާކުރުމަށް ހޯދަންޖެހޭ މަތީ ސެޓްފިކެޓެއް ނޯވެއެވެ. އެ ވަޒީފާ އަދާކުރާ މީހާ ކުރަންޖެހޭ ހަމައެކަނި ކަމަކީ، އެ ތަނުގެ އެނދު އަރާމުތޯ ބެލުމަށް އެކި ގޮތްގޮތަށް އެދުގައި އޮށޯތުމެވެ. އޭގެ ތެރޭގައި އޮށޯވެ އޮންނަން ފަސޭހައީ ލައިޓް ކޮންގޮތަކަށް ހުރުމުންތޯ، އާއި ފިނި ކިހާވަރެއްގައި ހުރެގެންތޯ ބަލައިލުން ހިމެނެއެވެ. އެ ވަޒީފާގެ މުސާރައަކީ 27،000 ޑޮލަރެވެ. ދިވެހި ރުފިޔާއިން ނަމަ، 416،340 (ހަތަރު ލައްކަ ސޯޅަހާސް ތިންސަތޭކަ ސާޅީސް) ރުފިޔާއެވެ.

* ވޯޓަރ ސްލައިޑް ޓެސްޓް ކުރުމުގެ ވަޒީފާ – މުސާރަ މަހަކު 34،000 ޑޮލަރު!

ދެން ފާހަގަ ކޮށްލެވޭ އަނެއް ވަޒީފާއަކީ މަޖާ ތޯ ބަލަންޖެހޭ ވަޒީފާއެކެވެ. އެއީ ވޯޓާރ ސްލައިޑް ޓެސްކުރާ ވަޒީފާއެވެ. އެ މަސައްކަތަކީ އެއްގޮތަކަށްވެސް އެ އެތި ހަދާފައި ހުރިގޮތް ބެލުމެއް ނޫނެވެ.

އެ ވަޒީފާގައި ކުރަން ޖެހޭކަމަކީ ވޯޓާރ ސްލައިޑުން ސްލައިޑްކޮށް އެ ސްލައިޓް މަޖާތޯ ޓެސްޓް ކުރުމެވެ. އެ ވަޒީފާ އަކީވެސް އެފަދަ ސްލައިޑުތައް ހުންނަ އެކި ގައުމުތަކަށް ގެންގޮސް އެތަކެތީގެ ޓެސްޓް ކުރުވައެވެ. ވަޒީފާ އަދާކުރާ ހިތުން އަދާކުރާ، މަޖާ މި ވަޒީފާގެ މުސާރަވެސް ކުޑައެއްނޫނެވެ. އާންމު ގޮތެއްގައި މި ވަޒީފާގެ މުސާރައަކީ 34،000 ޑޮލަރެވެ. އެއީ 524،280 ރ (ފަސް ލައްކަ ސައުވީސްހާސް ދުއިސައްތަ އައްޑިހަ) ދިވެހި ރުފިޔާއެވެ.

ކާއެއްޗެހި ރަހަ ބެލުމުގެ ވަޒީފާ – މުސާރަ މަހަކު 60،000 ޑޮލާރާއި 100،000 ޑޮލަރު!

ކާއެއްޗެހީގެ ރަހަ ބެލުމުގެ ވަޒީފާ މިއީވެސް ހަމަގައިމު ފޫހިވުމެއް ނެތި އަދާކުރާ ހިތުން މީހުން އަދާކުރާނެ ވަޒީފާއަކަށް ވާނެއެވެ. އެ ވަޒީފާގައި ތަފާތު ބާގަރ އާއި ސޭންޑްވިޗާއި ސަބްމެރިން އާއި ޕިއްޒާގެ އިތުރުންވެސް އެހެން މަޝްހޫރު ބާވަތް ތަކުގެ ކެއުން ކައިގެން އޭގެ ރަހަ ޓެސްޓް ކުރަން ޖެހެއެވެ. އެއީ މީރު ކާއެއްޗެހިން  މުސާރަ ލިބޭގޮތައް ކެއުމޭވެސް ބުނެވިދާނެއެވެ. މި ވަޒީފާގެ މުސާރައަކީ 60،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ މުސާރައެކެވެ. އެއީ 925،200 ރ (ނުވަ ލައްކަ ފަންސަވީސްހާސް ދުއިސައްތަ) ދިވެހި ރުފިޔާ އާއި 1،542،000 (އެއް މިލިޔަން ފަސްލައްކަ ސާޅީސް ދެހާސް) ދިވެހި ރުފިޔާގެ އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. "ސަޅި" އަކީ ޒަމާނުއްސުރެ ޙަޤީޤަތެއް ނެތް ދޮގު ވާހަކަ ދެއްކުމަށް ބޭނުން ކުރަމުން އަންނަ ބަހެއް ….ބަސް ފޮތުގައި ހިމަނާފައި އޮތަސް އެއީ ރަނގަޅު ގޮތެއް ނޫން.

Leave a Reply

Your email address will not be published. Required fields are marked *