ސައިފްގެ އަތުގައި ކަރީނާގެ ނަން ޖަހާފައިވާ ޓެޓޫ ފުހެލުމާއެކު ވަރިވާން އުޅޭ އަޑު ގަދަވެއްޖެ

ސައިފްގެ އަތުގައި ކަރީނާގެ ނަން ޖަހާފައިވާ ޓެޓޫ ފުހެލުމާއެކު ވަރިވާން އުޅޭ އަޑު ގަދަވެއްޖެ

ކުރީގެ ހިންދީ ފިލްމީ ތަރި ސައިފް އަލީ ޚާންގެ އަތުގައި، އޭނާގެ އަނބިމީހާ އަދި ކުރީގެ ފިލްމީ ތަރި ކަރީނާ ކަޕޫރުގެ ނަން ލިޔެ ނަގާފައިވާ ޓެޓޫ 16 އަހަރަށް ފަހު، ފުހެލައި، އެހެން ޓެޓޫއެއް ޖަހާފައިވާތީ އެ ދެމަފިރިން ވަރިވާން އުޅޭ ކަމުގެ އަޑު ގަދަ ވެއްޖެއެވެ.

2012 ވަނަ އަހަރު ކައިވެނި ކުރީއްސުރެން ސައިފާއި، ކަރީނާގެ ޖޯޑު ބޮލީވޫޑްގައި މަޝްހޫރު ވެފައިވަނީ ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައެވެ. ނަމަވެސް މިފަހުން ބޮންބޭ އެއާރޕޯޓުން ސައިފް ފެނުނުއިރު އޭނާގެ އަތުގައި ޖަހާފައިން ކަރީނާގެ ޓެޓޫއަށް ވަނީ ބަދަލު ގެނެސްފައެވެ.

އެކަމާއި ގުޅިގެން އެ ދެމީހުން ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވީނަމަވެސް، ބައެއް ފަރާތް ތަކުން ބުނަނީ އެ ޓެޓޫއަށް ސައިފް ބަދަލު ގެނެސްފައި ވަނީ ފިލްމަކަށްޓަކައި ކަމަށެވެ.

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ދެމަފިރިންނަށް ދެކުދިން ވަނީ ލިބިފައެވެ. އެއީ ސޯހާ އަލީ ޚާނާއި ސަބާ އަލީ ޚާނެވެ. ކަރީނާގެ ކުރިން 2004 ވަނަ އަހަރުން ފެށިގެން ސައިފް ކައިވެނި ކޮށްގެން އުޅުނީ، އޭނާއަށްވުރެ  މާ ދޮށީ ސްޓާރެއް ކަމަށްވާ އަމްރީތާއާއެވެ. އެ ދެމީހުންނަށްވެސް ދެކުދިން ވަނީ ލިބިފައެވެ. އެއީ ސާރާ އަލީ ޚާނާއި އިބްރާހިމް އަލީ ޚާނެވެ.

އޭގެ ތެރެއިން ސާރާއަކީ ގިނަ ފިލްމު ތަކެއް ކުޅެ ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ތަރިއެކެވެ. ފިރިހެން ދަރިފުޅު އިބްރާހިމްވެސް އަންނަނީ ފިލްމީ ދާއިރާއަށް ވަންނަން ތައްޔާރު ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *