މިއީ ކެނަބިސްގެ މައްސަަލައެއްގައި ހޯދާ މީހެއް!

މިއީ ކެނަބިސްގެ މައްސަަލައެއްގައި ހޯދާ މީހެއް!

ކެނެބިސް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރެވިފައި ނުވެގެން އެކޯޓުން ކުރި އަމުރާ ގުޅިގެން ހޯދަމުންދާ މީހަކީ ސ. ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ހުސައިން، 29، ކަމަށެވެ.

އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވެ، ހާޒިރުކުރުމަށް އެ އިދާރާގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އެހެން ކަމުން މުހައްމަދު އުބާދަތު ހުސައިން ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު ފަހު 1:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވެއެވެ.

މުހައްމަދު އުބާދަތު ހުސައިންއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *