އިންޑިޔާއާއެކު ގުޅުން ބަދަހި ކުރުމަށް ފޮރިން މިނިސްޓަރު ޒަމީރު މިއަދު އިންޑިޔާއަށް

އިންޑިޔާއާއެކު ގުޅުން ބަދަހި ކުރުމަށް ފޮރިން މިނިސްޓަރު ޒަމީރު މިއަދު އިންޑިޔާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު އިންޑިޔާއަށް ވަަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ މި ދަތުރު ފުޅުގައި އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލު ކުރައްވާ ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިއީ އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *