ނަރުހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅޭ ކަމުގެ ތުހުމަތު ފުލުހަކަށް، ފުލުހުން ވިދާޅުވަނީ މައްސަލަ ބަލާނެ ކަމަށް

ނަރުހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅޭ ކަމުގެ ތުހުމަތު ފުލުހަކަށް، ފުލުހުން ވިދާޅުވަނީ މައްސަލަ ބަލާނެ ކަމަށް

ވިލާ ކޮލެޖްގައި ނާސިންގ ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް، ފައިސާ ހޯދަން އުޅޭ ކަމުގެ ތުހުމަތު، ދިވެހި ފުލުހެއްގެ މައްޗަށް ސޯޝަލް މީޑިޔާގައި މީހަކު ކޮށްފިއެވެ.

ސޯޝަލް މީޑިޔާގައި ފުލުހެއްގެ ފޮޓޯއާއެކު މީހަކު ކުރި ޕޯސްޓެއްގައި ބުނީ، އެ މަސައްލަ ބެލޭނެ ވެރިއަކު، ނޫނީ އިދާރާއެއް ރާއްޖޭގައި އެބަހުރިތޯއެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިސް ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަޙްޤީގުކުރާ ބަހާއިން އެ މަޢުލޫމާތު ޔަޤީންކޮށް، އެމައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ.

އަދި ފުލުހަކާމެދު ޝަކުވާއެއް ވާނަމަ، އެކަމެއް ސީދާ ފުލުހުންނަށް ހުށަހަޅުއްވައިގެން ހައްލު ކުރެއްވުން އެދޭ ކަަމަށްވެސް ޝިފާން ވިދާޅުވެފައިވެއެވެެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *