ފަރަށް އެރި ބޯޓު. ފޮޓޯ: އެމްއެންޑީއެފް

16 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

16 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރު ކުރި މުދާއުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރި "ރޯޝަނީ" ބޯޓު ފަރަށް އެރި ކަމަށް ރިޕޯޓު ކުރީ ރޭ 10:35 ހާއިރު ކަމަށެވެ. އެ ބޯޓުން 16 މީހުން ދަތުރު ކުރި ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށެވެ.

"ރޯޝަނީ" ބޯޓް ފަރަށް އެރުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ކުރި މަސައްކަތުން މިއަދު ހެނދުނު 11:10 ހާއިރު ބޯޓު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *