އިލެކްޝަންސް ކޮމިޝަނުގެ އާ ސެކްރެޓަރީ ޖެނެރަލް އުނައިސް

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނެއިސް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނެއިސް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

އީސީގެ އެސްޖީގެ މަގާމަށް އުނެއިސް ހަމަޖައްސާފައި ވަނީ، އެ ކޮމިޝަނުގެ އެސްޖީގެ މަގާމުގައި މީގެކުރިން ހުންނެވި، ހަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާއި  ގުޅިގެން، އެމަގާމު ހުސް ވުމުންނެވެ. ކޮމިޝަން މެންބަރަކަށް އައްޔަން ކުރުމާއި ގުޅިގެން ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިހާތަަނަށް އަދާކުރައްވާފައި ވަނީވެސް އުނެއިސްއެވެ.

އުނެއިސް ވަނީ 15 ނޮވެމްބަރު 2005 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް އަދާ ކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އުނައިސް ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *