ގެއްލިގެން ހޯދަމުންދިޔަ މީހާ ކޮޅުވެއްޓި ދަށުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހާ ކޮޅުވެއްޓި ދަށުން ފެނިއްޖެ

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ އޭގެ ދަށުގައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ "ލިއޯ ޕާލް" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފެށީ މިއަދު ފަތިހެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު، އޭގައި ފަސް މީހުން ތިއްބެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ފެނިގެން ރޭ ފަތިހު ސީ އެމްބިއުލޭންސް 21 އަށް ވަނީ ނަގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *