ސީއެސްސީީގެ މެންބަރަކަށް ހަބީބާ އައްޔަން ކުރަން ފާސްކޮށްފި

ސީއެސްސީީގެ މެންބަރަކަށް ހަބީބާ އައްޔަން ކުރަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރު ކަމަށް ފާތުމަތު ހަބީބާ، ދަފްތަރު 9472، އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސީއެސްސީ އަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރޭގައި، ފާތުމަތު ހަބީބާގެ އިތުރުން ދެން ހިމެނެނީ އަބްދުލް ހަސީބު އިސްމާއީލް، ދަފްތަރު 7505، އާއި މއ. ފޮރެސްޓް މަރިޔަމް ޝާހިދާގެ ނަމެވެ.

އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، ހަސީބާއި ހަބީބާ އެ ދެބޭފުޅުންކުރެ، ކޮންމެވެސް ބޭފުޅެއްގެ ނަން ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފާސް ކުރަން ފެންނަ ކަމަށެވެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ހަސީބުގެ ނަމަށެވެ. އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން އޭނާގެ ނަން ފާސް ކުރަން ވޯޓު ދެއްވީ، 18 މެންބަރުންނެވެ. ނަމަވެސް އޭނާގެ ނަން ފާސް ކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ. އެހެން ކަމުން އޭނާގެ ނަމެއް ފާހެއް ނުވިއެވެ.

ދެން ވޯޓަށް އެހީ ހަބީބާގެ ނަަމަށެވެ. އޭނާ ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *