މަޖިލީހުގެ ޚާރިޖީ ކޮމިޓީ. މި ކޮމިޓީން ވަނީ ސަފީރުންގެ ގޮތުގައި ހަމަޖެއްސުމަށް ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކޮށްފައި

8 ގައުމަކަށް އައްޔަން ކުރަން ފޮނުވި ސަފީރުންގެ ނަންތައް މަޖިލީހުން ފާސްކޮށްފި

8 ގައުމަކަށް އައްޔަން ކުރަން ފޮނުވި ސަފީރުންގެ ނަންތައް މަޖިލީހުން ފާސްކޮށްފި

އދ. ހިމެނޭ ގޮތުން 8 ގައުމަކަށް ސަފީރުން އައްޔަން ކުރުމަށް 8 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބޭފުޅުންނަކީ ސަފީރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދި ވަޑައިގެން މަޖިލީހަށް ފޮނުއްވި ބޭފުޅުންނެވެ. އެބޭފުޅުންނަކީ…

1- އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މ. ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް (މުންދު).

2- އޫއެންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށް ގދ. ގައްދޫ ބެންހާގެ ޑރ. އަލީ ނަސީރު މުހައްމަދު.

3- އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ހ.އޯކިޑް ޑރ. އިރުތިޝާމް އާދަމް.

4- ސްރީީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މ. ތުޅާގިރި މަސްއޫދު އިމާދު.

5- މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މ. ރުއްފުށި ޝަބީނާ އަހްމަދު .

6- ބެލްޖިއަމް އަދި، ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މ. ގީލާވިލާ ގީލާ އަލީ .

7- ޖެނިވާގައި ހުންނަވާ އދ. ގެ އޮފީސް ތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށް މ. ވިލާދަށުގޭ ޑރ. ސަލްމާ ރަޝީދު.

8- ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މއ. ދިލާސާގޭ މުހައްމަދު ލުވައިޒް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *