މަޖިލީހުގެ އަމީން އާއްމުގެ ނައިބުންގެ ގޮތުގައި ދެ މަގާމު އުފައްދަން ފާސް ކޮށްފި

މަޖިލީހުގެ އަމީން އާއްމުގެ ނައިބުންގެ ގޮތުގައި ދެ މަގާމު އުފައްދަން ފާސް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމުގެ ނައިބުގެ ގޮތުގައި، ދެ މަގާމު އުފައްދަން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށް، މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ޤަވާއިދަށް ގެންނަން ހުށަހެޅި މި އިސްލާހުގައި ވަނީ، މަޖިލީހުގެ ހިންގުމުގެ ދާއިރާއިންނާއި ގާނޫނީ  ދާއިރާއިން މަޖިލީހުގެ އަމީންއާއްމަށް އެހީތެރިވެ ދިނުމަށްޓަކައި އަމީން އާއްމުގެ ނާއިބުގެ ގޮތުގައި ދެ މަގާމް އުފެއްދިދާނެ ކަމަށެވެ.

އެއީ މަޖިލީހުގެ އާއްމު ހިންގުމާއި، މާލީ ޒިންމާ އާ ގުޅޭގޮތުން ކުރަންޖެހޭ އެންމެގައި ކަންތައްތައް ކުރުމުގައި މަޖިލީހުގެ އަމީން އާއްމަށް އެހީތެރިވެ ދިނުމަށްޓަކައި އުފައްދާ އަމީން އާއްމުގެ ނައިބުގެ މަގާމަކާއި، މަޖިލީހުގެ ޖަލްސާ ތަކާއި ކޮމިޓީތަކުގެ އެންމެހައި މަސައްކަތް ތަކުގައި އަމީން އާއްމަށް އެހީތެރިވެ ދިނުމަށްޓަކައި އުފައްދާ އަމީން އާއްމުގެ ނައިބުގެ މަގާމެއް ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ އަމީން އާއްމުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ އަމީން އާއްމު އޭނާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުމަށް އުޒުރުވެރި ވެއްޖެ ހިނދެއްގައި، ވަގުތީ ގޮތުން އެ މަގާމުގެ ވާޖިބުތައް އަދާ ކުރާނީ، މަޖިލީހުގެ އަމީން އާއްމުގެ ނާއިބުން ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. މި ބަދަލަކީ މަޖިލީހުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަަކއި ގެނައި ބަދަލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *