މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 50 ހާސް ރުފިޔާއިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 50 ހާސް ރުފިޔާއިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތު ވެގެން 50،000 ރުފިޔާއިން ޖޫރިމަނާކޮށް 11 އަހަރާއި ހަ މަހާއި އެއްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހ.ހުދުހުދާ މަންޒިލް މުހައްމަދު ފައިސަލްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 15 އޭޕްރީލް 2017 ވަަނ ދުވަހުގެ 15:24 އެހާކަންހާއިރު އިތުރު ބަޔަކާ ބައިވެރިވެެގެން ފައިސަލް މަސްތުވާތަކެތީގެ ވިޔަފާރުކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މ. ބޮލިފުށިގެ ކައިރިން ލައިނޫފަރު މަގުން، ބަންގްލަދޭޝް މީހެއް ކަމަށްވާ ކިއަމުއްދީނާއެކު ސައިކަލެއްގައި ފައިސަލް ދަނިކޮށް ފުލުހުންގެ ބެލުމުގެ އޭނާ ދަށަށް ގެނެސް ކިއަމުންދީން އަތުގައި އޮތް ކޮތަޅު ބަލައި ފާސް ކުރުމުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން ދައުލަތުން ހުށަހަޅައިގެން ކުރިއަަށްގ ެންދިޔަ މައްސަލައެކެވެ.

މި ކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މ. ފޭވަރިޓްހިލްގެ ތިންވަނަ ފަންގިފިލާގައި ހުންނަ ފައިސަލް ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސް ކުރުމުގެ ތެރޭގައި އެ އެޕާޓްމަންޓްގެ ބަދިގޭގައި ހުރި އުދުން ތަކުގެ އިސްކުރުތައް ނައްޓައި ބެލިއިރު އުނދުނުގެ ކެއްކުމަށް ބޭނުންކުރާ ބައިގެ ތެރެއިންވެސް މަސްތުވާތަކެތި ވަނީފެނިފައެވެ.

މި މައްސަލައިގައި އެތަކެއްޗަކީ ޓްރެފިކު ކުރުމަށްޓައި ފައިސަލް ގެންގުޅުނު މަސްތުވާތަކެތި ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. އެހެން ކަމުން މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށުން ފައިސަލް ކުށްވެރިވާ ކަމަށް ކަނޑައަޅައި 11 އަހަރާއި 6 މަހާއި 1 ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅައި ޖޫރިމަނާގެ ފައިސާ 12 ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ކުމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގައިފައެވެ.

ނަމަވެސް ހުކުމް ކުުރުގެ ކުރިން އެ މައްސަލައިގައި އޭނާ ފަސް އަހަރާއި 6 މަހާއި 1 ދުވަސް ބަންދުގައި ހޭދަކޮށްފައި ވާތީ، ޖޫރިމަނާއާއެކު އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެސް ކުރިމިނަލް ކޯޓުގެ ހުކުމުން ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *