ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނިންމާލައިފި

ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނިންމާލައިފި

ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނިންމާލައިފި

ޖަލްސާ ބާއްވަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާ، ބޭނުންވާ ކޯރަމް ހަމަނުވެގެން 9:19 ގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯރަމް ހަމަނުވާ ކަމަށާއި، ކޯރަމް ހަމަވެއްޖެ ނަމަ 9:30 ގައި ޖަލްސާ ފަށަން ނިންމަވާ ކަމަށެވެ. އަދި އެހާއިރަށް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ނުލިބިއްޖެނަމަ މިއަދުގެ ޖަލްސާ ނިންމަވާލައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް 9:35 ވީއިރުވެސް ޖަލްސާ ބާއްވަން ބޭނުންވާ އަދަދަަށް ކޯރަމް ހަމަނުވެގެން އަސްލަމް ވިދާޅުވީ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ނ.މާޅެންދޫ ހުޅަނގު ފަރާތު ގިރާސަރަހައްދު ހިމާޔަތްކޮށް، ލަފާފުރޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މި ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން ހުއްޓިފައިވާއިރު، އެ މަސައްކަތް އަލުން ފެށުމާބެހޭ ގޮތުންނާއި، ހުއްޓިފައިވާ ނ.ހެނބަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތާބެހޭ ގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތަލިބާ ސުވާލު ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެއިތުރުން މުހިއްމު ކަންތައް ތަަކަކަށް ވޯޓަށް އެހުމަށް ވެސް މިއަދު ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ.
އޭގެ ތެރޭގައި ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އާއްމު ޤަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު އެކަކާއި ދޭކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާއި، މަޖިލިސް ަގވާއިދުގެ 21 ވަނަ މާއްދާ އިސްލާހުކޮށް އާއްމު ކޮމިޓީން ނިންމި ނިމުމަށް ވޯޓަށް އެހުން ހިމެނެއެވެ.
މީގެއިތުރުން ސިވިލްސާވިސް ކޮމިޝަަންގެ މެންބަރެއްގެ މުއްދަތު ހަމަވެފަިއވާތީ، އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފަިއވާ ނަންފުޅުތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
އިބްތިދާއީ ބަހުސްގެ ގޮތުގައި ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުނުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަން ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ނިނިމިހުރި މަސައްކަތްތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރިއަލްސްޓޭޓް ވިޔަފާރީގެ ބިލްގެ ބަހުސާއި، ބިމުގެ ބަހުސާއި ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދަންވެސް ވަނީ އެޖެންޑާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *