ސްޓޭޓް މިނިސްޓަރު ކަމުން ވަކިކުރި މުންއިމް އަނެއްކާވެސް އެ މަގާމަށް އައްޔަނު ކޮށްފި

ސްޓޭޓް މިނިސްޓަރު ކަމުން ވަކިކުރި މުންއިމް އަނެއްކާވެސް އެ މަގާމަށް އައްޔަނު ކޮށްފި

ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަނެއްކާވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

މިދިޔަ ނޮވެމްބަރު 21، 2023 ގައިވެސް އަނީސް އެ މަގާމަށް އައްޔަން ކުރެއްވިއެވެ. ނަމަވެސް ތިން ދުވަސް ފަހުން ނޮވެމްބަރު 23، 2023 ގައި އޭނާ މަގާމުން ވަކިކުރިއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި މުންއިމްއަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް އަލުން އޭނާ އެމަގާމަށް އައްޔަން ކުރި ތާރީޚެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *