މަހްލޫފްގެ އަނބިކަނބަލުން ނަޒުރާއަށް ޕީއެންއެފް އިން ތާއީދު ކުރަން ނިންމައިފި

މަހްލޫފްގެ އަނބިކަނބަލުން ނަޒުރާއަށް ޕީއެންއެފް އިން ތާއީދު ކުރަން ނިންމައިފި

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، ނަޒުރާ ނަސީމްއަށް ކުރިގެ ރައީސް ޔާމީންގެ ޕީއެންއެފުން ތާއީދުކޮށްފިއެވެ.

ނަޒުރާއަކީ ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމުގެ ކޮއްކޯފުޅު، އަދި ކުރީގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުންނެވެ.

ޕީއެންއެފްއިން ބުނީ އެމްޑީޕީ ކެންޑިޑޭޓަށް އެ ޕާޓީން ތާއީދު ކުރީ "މުއިއްޒު ނޫން ގޮތެއް" ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. ނަޒުރާއަށް ޕީއެންއެފްއިން ތާއީދު ކޮށްފައިވާއިރު، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފް ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ.

އެއީ އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާ ދާއިރާއެއްނޫނެވެ. އެހެން ކަމުން އެ ދާއިރާގައި ވާދަ ކުރަނީ، ޝަރަފުއްދީންގެ އިތުރުން ވެރިކަން ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަބުދުﷲ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *