ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފްގެ ކެންޑިޑޭޓަށް އެމްޑީޕީ އިން ތާއީދު ކޮށްފި

ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފްގެ ކެންޑިޑޭޓަށް އެމްޑީޕީ އިން ތާއީދު ކޮށްފި

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އަމިއްލަ ގޮތުން ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ، ދަނޑިމަގު އަނޯނާގެ މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރަން އެމްޑީޕީ އިން ނިންމައިފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާއަކީ އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާ ދާއިރާއެއްނޫނެވެ. އެހެންކަމުން އެ ދާއިރާގައި ވާދަ ކުރަނީ، ޝަރަފުއްދީންގެ އިތުރުން ވެރިކަން ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަބުދުﷲ އެވެ.

ޝަރަފުއްދީނަށް ތާއީދު ކުރަން ނިންމާފައި ވާތީ، އެ ދާއިރާގެ ކެންޑިޑޭޓް ނަންބަރު ދޭކަށް، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތް ތަކުން ކެންޑިޑޭޓް ނަންބަރު ދޭކަށް ތާއީދުކޮށް ވޯޓުދިނުމަށް އެދޭ ކަމަށްވެސް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.

މީގެކުރިން ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ޒާހިރުއަށް ތާއީދު ކުރަންވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ. ފެލިދޫ ދާއިރާއަކީވެސް އެމްޑީޕީން ވާދަކުރާ ދާއިރާއެއް ނޫނެވެ.

އަލީ ޒާހިރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭރު ހުންނެވީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.

ފެލިދޫ ދާއިރާގައި ހިމެނެނީ، ވ. އަތޮޅުގައި އޮތް ތިން ރަށެވެ. އެއީ ފެލިދޫ, އާއި ފުލިދޫގެ އިތުރުން ތިނަދޫއެވެ. އެދާއިރާއަށް އަލީ ޒާހިރުގެ އިތުރުން ތިން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސައިން ޒައިދު އާރިފް އާއި ޑިމޮކްރެޓްސްގެ ޝުޖާއު އަލީ އާއި ޕީއެންސީގެ އާދަމް ޒާހިރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *