ފްލެޓް ލިބުނު މީހުންނަށް ތަކުލީފު ނުޖައްސަވާ، ގޯހެއް އުޅޭނަމަ އެކަން ކުރި މީހުން ޝަރީއަތަށް ފޮނުވާ: އަކްރަމް

ފްލެޓް ލިބުނު މީހުންނަށް ތަކުލީފު ނުޖައްސަވާ، ގޯހެއް އުޅޭނަމަ އެކަން ކުރި މީހުން ޝަރީއަތަށް ފޮނުވާ: އަކްރަމް

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަ ތަކެއް އުޅޭ ކަމަށް ބުނެ ފްލެޓް ދިނުން ހުއްޓުވުމަށް ފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަ ތަހުގީގު ކުރަމުން ދާއިރު، އެކަމުގައި ގޯހެއް ހަދާފައިވާ ނަމަ، އެ ގޯސް ހަދާފައި ވަނީ އެ މަސައްކަތް ކުރިބަޔަކު ކަމަށް އޭރު އޮތް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާރމަން އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ގޯއްޗާއި ފްލެޓު ލިބޭނެކަމަށް އޭރު ގެޒެޓުކޮށްފައި ތިބި އެންމެހާ ރައްޔިތުންނަށް އެ ހައްގު ހަވާލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

"ދޮގު މައްޗަށް ދޮގު ނުހައްދަވާ، އެ ލިސްޓް ގައި ގޯސް ހުރި ކަމަށް ވިދާޅުވާއިރު، އެ ގޯހެއް ހަދާފައި ވާނީ އެ ލިބިނު ރައްޔިތުންނެއް ނޫން. ގޯސް ހެދިޔަސް ހަދާފައި ވާނީ އެ މަސައްކަތް ކުރިބަޔަކު. އެބަޔަކާ ދޭތެރޭ ތަހްގީ ކުރައްވާ، ސާބިތު ވެއްޖެނަމަ އެބަޔަކު ސަރީއަތަށް ފޮނުއްވާ. އެ ލިބުނު ރައްޔިތުންނަަށް ތަކުލީފު ނުޖައްސަވާ،" އަކްރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮއްދިނުމަށް އިސްކޮށް އުޅުއްވި ފަރާތެއްގެ ހައިސިއްޔަތުން އަކުރަމާއި އަދި އޭނާއާއެކު އެ މަސައްކަތުގައި އުޅުނު އެއްވެސް ފަރާތެއް ޤަޥާއިދާއި އަދި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަޑު ކެރިހުރެގެން މި ދަންނަވަނީ އަޅުގަނޑެއްވެސް އަދި އަޅުގަނޑާއެކު މި މަސައްކަތް ކުރި އެއްވެސް ފަރާތެއް ޤަވާއިދާއި އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮއްފައިނުވާނޭ. ރައްޔިތުން ގަނަ ނުތަޅުއްވަވާ،" އަކްރަމް ވިދާޅުވިއެވެ.

އަކުރަމް މިހެން ވިދާޅުވެފައި ވާއިރު އޭސީސީ އިން މައްސަލަ ބަލައި ފްލެޓްދޭން ޝަރުތު ހަމަވާ ކަމަށް ލިސްޓެއް އެކުލަވާލައި ހައުސިން މިނިސްޓްރީ އާއި ވަނީ ހަވާލު ކޮށްފައެވެ. އޭސީސީން އިން ބުނެފައި ވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން 60 ޕަސެންޓް ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *