މުޒާހަރާކުރި ބަޔަކު މަޖިލިސް ގޯތިތެރެއަށް އެއްޗެހި އުކުން- މިނިސްޓަރު ޣައްސާނު އަދި ސީޕީ ޝުޖާއު ކޮމިޓީއަށް

މުޒާހަރާކުރި ބަޔަކު މަޖިލިސް ގޯތިތެރެއަށް އެއްޗެހި އުކުން- މިނިސްޓަރު ޣައްސާނު އަދި ސީޕީ ޝުޖާއު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އިދާކައރީގައި ކުރަމުންދިޔަ މުސާހަރާއެއްގެ ބައިވެރިން މަޖިލިސް ގޭގެ ވަށާފާރުމައްޗަށް އަރައި ގޯތި ތެރެއަށް އެއްޗެހި އުކާފައިވާ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިބޭފުޅުން ހާޒިރުކުރަން ހަމަޖެހިފައި ވަނީ މިއަދު 11:00 ގައި ބާއްވަން ހަމަޖެހިފައިވާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށެވެ.

ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްްސަލަ މަޖިލީހަށް އެޖެންޑާކުރި ދުވަހު މަޖިލިސް މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރޭޓުން، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުން މަޖިލިސްގޭދޮށަށް އެއްވެ ވަނީ މުޒާހަރާ ކޮށްފައެވެ.

އެމީހުން މުސާހަކާކުރީ ހުރިހާ ވަޒީރުންނަށް ރުުހުން ދިނުމަށް ގޮވާލައެވެ. އެދުވަހު ކުރިއަށް ގެންދިޔަ މިސާހަރާގެ އިތުރުން މަޖިލިސް ޖަލްސާގައި ތިއްބެވި ސަރުކާރަށް ތާއީދުކުރާ މެންބަރުން ޖަލްސާއަށް ހުރަސް އެޅުމުން އެދުވަހުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެެވެ. ނަމަވެސް ޖެހިގެން އައިދުވަހު އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށް، ވަޒީރުންގެ މަޖިލީގައި ހިމެނޭ ތިން ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް ރުހުން ދޭން ފާސްކުރިއެވެ.

ރުހުން ނުދޭން ނިންމި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމް އެވެ.

ރައީސް މުއިއްޒު ވަނީ އެބޭފުޅުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަން ކުރައްވައި، އެބޭފުޅުންނަށް އަލުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *