ހައުސިންގ މިނިސްޓަރ ހައިދަރު. ފޮޓޯ: ޕީއެސްއެމް

ޕްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އޭސީސީ އިން ފޮނުވައިފި، އެކަމަކު ޕޯޓަލް އެކްސެސް ނުލިބޭ: ހައިދަރު

ޕްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އޭސީސީ އިން ފޮނުވައިފި، އެކަމަކު ޕޯޓަލް އެކްސެސް ނުލިބޭ: ހައިދަރު

ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ފެނިގެން ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް އެ ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުވާފައި ވާކަމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ފްލެޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ރައްޔިތުންގެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވާކަމަށް އޭސީސީން ފޮނުވާފައިވާ ލިސްޓުން އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ. އެލިސްޓްގައި ހުރީ ފޯމު ނަމްބަރުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ލިސްޓުގައި ފްލެޓް ލިބެން ޖެހޭކަމަށް ހިމަނާފައިވާ މީހުންނަކީ ކޮބައިކަން އެނގޭނީ އެކަމާބެހޭ ގޮތުން ހައުސިންގ  މިނިސްޓްރީގައި ގާއިމް ކޮށްފައިވާ ޕޯޓަލްއަށް އެކްސެސް ލިބުމުން ކަމަށްވެސް ވިދާޅުވިއެވެ. ފްލެޓް މައްސަލައިގެ ތަހުގީގު ނުނިމޭތީ އެ ޕޯޓަލަށް އެކްސެސް ވެވެނީ އޭސީސީއަށް އެކަނި ކަމަށާއި، ޕޯޓަލަށް އެކްސެސް ލިބޭނީ އޭސީސީން އޭގެ ބެކަޕެއް ހެދުމަށްފަހު އޭސީސީން އެކްސެސް ދިނުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *