އިމްރާން މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރަން ނިންމައިފި

އިމްރާން މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރަން ނިންމައިފި

ލިޔުނީ: ހަސަން މުހަންމަދު

އަދާލަތު ޕާޓީގެ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރައްވަން ނިންމައިފިއެވެ. އިމްރާން ކުރިމަތި ލައްވަނީ މަކުނުދޫ ދާއިރާއަށެވެ.

އެ ދާއިރާގެ ގޮނޑި މިވަގުތު ފުރުއްވަނީ އެމްޑީޕީގެ މެމްބަރު ރާއީއެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓް މިހާރު އެ ޕާޓީން ވަނީ އިމްރާނަށް ހަވާލު ކޮށްފައެވެ. އަދާލަތުން ނިންމާފައި ވަނީ ޖުމްލަ ހަތަރު ދާއިރާއަކަށް އެ ޕާޓީން ކުރިމަތިލާށެވެ.

އަދާލަތު ޓިކެޓުގައި މަކުނުދޫ ދާއިރާއަށް އިމްރާން ކުރިމަތި ލައްވާއިރު ދެން އެ ޕާޓީން ކުރިމަތިލަނީ ވައިކަރަދޫ ދާއިރާ، އިނގުރައިދޫ ދާއިރާގެ އިތުރުން ފުނަދޫ ދާއިރާއަށެވެ. ވައިކަރަދޫ ދާއިރާއަށް އެޕާޓީން ކުރިމަތި ލަނީ ހުސައިން ތައުފީގު ހިސާނެވެ. އިނގުރައިދޫ ދާއިރާއަށް އިސްމާއީލް އަލީއެވެ. ފުނަދޫ ދާއިރާއަށް އިސްމާއީލް ހަމީދެވެ.

އިމްރާން ވާދަކުރައްވާ މަކުނުދޫ ދާއިރާއަކީ މިހާތަނަށް އަދާލަތަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޮނޑިއެވެ. އެީ 18 ވަނަ މަޖިލީހުގެ އިންތިޚާބުގައެވެ. އެ ފަހަރު އެ ގޮނޑި ކާމިޔާބު ކުރެއްވީ އަނާރާ ނައީމެވެ. ނަމަވެސް މިދިޔަ ފަހަރު އަނާރާއަށް ވަނީ ނާކާމިޔާބު ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *