ކީރިތި ޤުރުއާން- މިއަށްވުރެ މާތް ފޮތެއް ނެތް

ކީރިތި ޤުރުއާން- މިއަށްވުރެ މާތް ފޮތެއް ނެތް

ކީރިތި ޤުރުއާނަކީ އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ ފޮތެވެ.

"އެއީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ.

އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެނެވެ. އަދި އެ ޤުރުއާން ވަނީ ކީރިތި ރަސޫލާ ﷺ ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.

އަލްޢައްލާމާ ނާޞިރް އައްސިޢުދީ ވިދާޅުވިއެވެ.

އަހަރެމެން ބުނަނީ، ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.] ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *