ޔޫރަޕްގެ ގައުމުތަކުގައި ހިމަބިހީގެ ބިރު ބޮޑުވެއްޖެ

ޔޫރަޕްގެ ގައުމުތަކުގައި ހިމަބިހީގެ ބިރު ބޮޑުވެއްޖެ

ޔޫރަޕްގެ ގައުމުތަކުގައި ހިމަބިހި ހަލުވިކަމާއެކު ފެތުރި، އެބަލީގެ ބިރު ބޮޑުވެއްޖެއެވެ.

ޑަބްލިޔޫއެޗްއޯއިން ބުނި ގޮތުގައި މިދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކުގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 42 ހާހަށް އަރައެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންވެސް 21 ހާހެއްހާ މީހުންނަށް ފަރުވާ ދޭންޖެހިފައިވާ ކަމަށްވެއެވެ.

ޑަބްލިޔޫއެޗްއޯ އިން ބުނީ ހިމަބިހި އެހާ ހަލުވިކޮށް ފެތުރެން ފެށީ ކޮވިޑް ވެކްސިން ޖަހަން ޖެހުމާއި ގުޅިގެން ހިމަބިހީގެ ވެކްސިން ޖެހުން މެދުކަނޑާލަން ޖެހުމުންނެވެ. އެހެންވެ މިހާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތައްޔާރު ވަމުން އަންނަނީ ވީހާވެސް އަވަހަށް ހިމަބިއްސަށް ވެކްސިން ޖަހަން ފަށާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *