އިޒްރޭލުން ޝަހީދުކޮށްލި މީހުންގެ އަދަދު 25 ހާހަށް އަރައިފި

އިޒްރޭލުން ޝަހީދުކޮށްލި މީހުންގެ އަދަދު 25 ހާހަށް އަރައިފި

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 25،000 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންވެސް ގިނަ ކަމަށެވެ.

ހަނގުރާމައާ އެއްވެސް ގުޅުމެއް ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދަނީ ގެތަކާއި ހޮސްޕިޓަލްތައްވެސް ބިން އަޅައި ބިމާ ހަމަކުރަމުންނެވެ.

އާންމުންނަށް ހަމަލާދީ ޝަހީދު ކުރަމުންވެސް އިޒްރޭލުން ބުނަމުން ދަނީ ހަނގުރާމަ ކާމިޔާބު ކަމަށާއި، ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރާލެވިއްޖެ ކަމަށެވެ.

ހަމަލާތަކަށް ފަހު އިޒްރޭލުން ބުނީ ދެކުނުގެ މައި ސިޓީ ޚާން ޔޫނިސްގައި "ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރާލި" ކަމަށާއި ފާއިތުވި ދުވަހުގެ ތެރޭގައި ޣައްޒާގެ އުތުރުގައި 15 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *