މިހަފްތާގެ އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރާނެކަމަށް ޓަރަމްޕް ވިދާޅުވެއްޖެ

މިހަފްތާގެ އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރާނެކަމަށް ޓަރަމްޕް ވިދާޅުވެއްޖެ

ޕޯން ސްޓާރަކަށް (ބަރަހަނާ ފިލް ކުޅޭ މީހަކަށް) އޭނާ ފައިސާ ދިންކަމުގެ ތުހުމަތުގައި އެމެރިކާގެ ސަރުކާރުން މި ހަފްތާގެ އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ރާވަމުންދާ ކަމުގެ ތުހުމަތު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.

އަމިއްލަފުޅު މީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް"ގައި ޓްރަމްޕްވަނީ އެމެރިކާގެ މުވައްސަސާތަކުން ހިންގަފާނެ އެފަދަ އަމަލަކާއި ދެކޮޅަށް މުޒާހިރާ ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

ޓްރަމްޕްގެ ގާނޫނީ ވަކީލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޓްރަމްޕް އޭނާ ހައްޔަރުކުރުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރައްވާފައިވަނީ، އަންނަ ހަފްތާގައި އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ތައްޔާރު ވަމުންދާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ މައުލޫމާތުތަކަށް ބަރޯސާކޮށް ކަމަށެވެ.

އެމެރިކާގެ މުވައްސަސާތަކުން ޓްރަމްޕްގެ މައްޗަށް ދައުވާ ކޮށްފިނަމަ، އެ ދައުވާ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި އެގައުމުގެ ކުރީގެ ރައީސެއްގެ މައްޗަށް ދައުވާ އުފުލިގެންދާނެ ފުރަތަމަ ފަހަރު ކަމުގައެވެ. އަދި އެފަދަ ދައުވާއެއް ވެގެންދާނީ، 2024ގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ކުރިމަތިވެގެންދާނެ ވަރަށްބޮޑު ގޮންޖެހުމަކަށެވެ.

ފާއިތުވި 5 އަހަރު ނިއުޔޯކުގެ ޕްރޮސެކިއުޓަރުންވަނީ، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން ޓްރަމްޕްގެ ފަރާތުން، ކުރީގެ ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސްއަށް ފައިސާ ދީފައިވާކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށްފައެވެ.

ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސް ބުނެފައިވާ ގޮތުގައި، ޓްރަމްޕްއާއި އޭނާއާއި ދެމެދު ހިންގާފައިވާ ގުޅުމެއްގެ ވާހަކަތައް ސިއްރު ކުރުމަށް ޝަރުތުކޮށް، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލެއް ކަމުގައިވާ މައިކަލް ކޯހެން މެދުވެރިކޮށް އޭނާއަށް ވަނީ 130,000 އެމެރިކާ ޑޮލަރު ދީފައިވާކަމުގައެވެ.

މައްސަލަ އޮއްބާލުމަށް ޓްރަމް ފައިސާ ދިންކަމަށް ބުނާ ކުރީގެ ޕޯން ސްޓާރ ސްޓޯމީ ޑެނިއެލްސް

ޓްރަމްވަނީ ޑެނިއަލްސްއާއެކު ޖިންސީ އެއްވެސް ގުޅުމެއް ހިންގާފައިވާ ކަމަށް އިންކާރު ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަންފާއަކަށް ދައްކަމުންދާ ވާހަކައެއް ކަމުގައެވެ.

ޕޯން ސްޓާރަކަށް ޓްރަމްޕް ފައިސާ ދީފައިވާ މައްސަލައަކީ، އުމުރުން މިހާރު 76 އަހަރުގެ ޓްރަމްޕްއާއި ގުޅޭގޮތުން ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މިއިން އެއްވެސް މައްސަލައެއްގައި އަދި މިހާތަނަށް ޓަރްމްޕްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

މިހަފްތާގެ ހޮނިހިރު ދުވަހު ޓްރަމްޕް އޭނާނެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ލިޔުއްވާފައިވާ ގޮތުގައި، މެންހަޓަން ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން "ލީކްވެފައިވާ މައުލޫމާތު"ތަކުން އެނގޭ ގޮތުގައި މިހަފްތާގެ އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނިއުޔޯކުގެ ގާނޫނީ މުވައްސަސާތަކުން މިހާރުދަނީ ޓްރަމްޕްގެ މައްޗަށް ދައުވާކުރުމަށް ތައްޔާރު ވަމުންނެވެ. އަދި މި ދައުވާތައް އެންމެ ލަސްވެގެންވެސް އަންނަ ހަފްތާގައި އުފުލާނެކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *