ޤުރުއާން އަންދާލުމުން އެރެދޮގާންގެ އިންޒާރު ސުވިޑްންއަށް: ނޭޓޯއާއި ގުޅެން ތުރުކީގެ ތާއީދު ލިބޭނަކަމަށް ދެން އުއްމީދު ނުކުރާތި

ޤުރުއާން އަންދާލުމުން އެރެދޮގާންގެ އިންޒާރު ސުވިޑްންއަށް: ނޭޓޯއާއި ގުޅެން ތުރުކީގެ ތާއީދު ލިބޭނަކަމަށް ދެން އުއްމީދު ނުކުރާތި

ސުވިޑްންގެ ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި، ސުވިޑްންގެ ކަނާތުފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސީ މީހަކު ޤުރުއާން އަދާލުމަށް ސުވިޑްންގެ އިދާރާތަކުން ފުރުސަތު ދީފައިވާތީ، ސުވިޑްންއިން ނޭޓޯއާއި ގުޅުމަށް ދެން ތުރުކީގެ ތާއީދު ލިބިދާނެކަމަށް އުއްމީދު ނުކުރުމަށް ވިދާޅުވެ، ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ސުވިޑްންއަށް އިންޒާރު ދީފިއެވެ.

ސްވިޑްންގައި ޤުރުއާން އަންދާލާފައިވަނީ ކަނާތު ފިޔައިގެ ހަރުކަށި ޑެނިޝް ސިޔާސީ ޕާޓީއެއްގެ ލީޑަރު ރަސްމުސް ޕަލުދާންއެވެ. ސުވިޑްންގެ ރައްޔިތުކަން އޮންނަ ޕަލުދާން ވަނީ މީގެ ކުރިންވެސް އެތައް އެއްވުމެއް ބާއްވާ މީގެ ކުރިންވެސް ޤުރުއާން އަންދާލާފައެވެ.

ސުވިޑްންގެ ފުލުހުންގެ ފަރާތުން އޭނާއަށް ވަނީ އިސްލާމް ދީނާއި ދެކޮޅަށް މުޒާހިރާ ކުރުމަށް ހުއްދަ ދީފައެވެ. އަދި އޭނާ މުޒާހިރާ ކޮށްފައިވަނީ، ސުވިޑްގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމަށް ތުރުކީގެ ރައީސް ރެސެޕް ތައްޔިބް އެރެދޮގާން މަސައްކަތް ކުރާކަމަށް ބުނެ އެކަމާއި ދެކޮޅަށެވެ.

"ނޭޓޯއާއި ގުޅުމަށް އަހަރެމެންގެ ތާއީދު ލިބިދާނެކަމަށް ސްވިޑްންއިން އުއްމީދު ކޮށްގެން ނުވާނެ،" ގުރުއާން އަންދާލަން ސުވިޑްންގެ މުވައްސަސާތަކުން އެއްބާރުލުން ދީފައިވާކަމަށް ވިދާޅުވަމުން އެރެދޮގާން ވިދާޅުވެފައި ވެއެވެ.

"އަހަރެމެންގެ ގައުމުގެ އެމްބަސީގެ ކުރިމަތީގައި މިފަދަ ދަށު ދަރަޖައިގެ އަމަލްތައް ހިންގާ މީހުން ހީކޮށްގެން ނުވާނެ އެމީހުންގެ ހުށަހެޅުމަށް އަހަރެމެންގެ ތަރުހީބު ލިބިދާނެކަމަށް."

އެހެންނަމަވެސް ސުވިޑްންއިން ބުނެފައިވަނީ އެގައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެހެންނަމަވެސް ޤުރުއާން އަންދާލަން އެގައުމުގެ ސަރުކާރުން ހުއްދަ ދީފައި ނުވާނެ ކަމުގައެވެ. އަދި ސުވިޑްންގެ ސަރުކާރުން ފަހުންވަނީ ގުރުއާން އަންދާލި މީހާ ކުރި އިހުތުޖާޖް ފަހުން ކުށްވެރިވެސް ކޮށްފައެވެ.

ފިންލޭންޑާއި ސުވިޑްންއިންވަނީ ނޭޓޯއި ގުޅުމަށް އެޖަމިއްޔާއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ނޭޓޯގެ ޗާޓަރުގައި އޮންނަ ގޮތުން އެއްވެސް ގައުމަކަށް އެ ޖަމިއްޔާގެ މެމްބަރަކަށް ވެވޭނީ ޖަމާއަތުގެ ހުރިހާ މެމްބަރު ގައުމުތަކުގެ ރުހުން އޮވެގެންނެވެ. ތުރުކިއަކީ ނޭޓޯގެ މެމްބަރު ގައުމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އަސްކަރީ އިއްތިހާދު ކަމުގައިވާ ނޭޓޯއާއި ގުޅުމަށް ސުވިޑްންއާއި ފިންލޭންޑްއިން ރަސްމީކޮށް އެ ޖަމާއަތުގެ ކިބައިން އެދިފައިވާކަން ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެމްބާރގް ހާމަ ކޮށްފައިވަނީ ފާއިތުވެދިޔަ އަހަރުގެ މޭމަހުއެވެ.

ނޭޓޯއާއި ގުޅުމަށް ސުވިޑްންއައި ފިންލޭންޑުން ހުށަހެޅި ހުށަހެޅުމާމެދު، ތުރުކީވެސް ހިމެނޭގޮތުން ނޭޓޯގެ 30 މެމްބަރު ގައުމުން އެއްގަލަކަށް އަރާން ޖެހެއެވެ.

ފިންލޭންޑާއި ސުވިޑްންއަކީ ނޭޓޯއާއި އެންމެ ގާތްކަން ބާއްވަމުންދާ ދެގައުމެވެ. މިދެގައުމަކީ ޑިމޮކްރަސީގެ ވެރިކަން އޮތް، އަދި ޒަމާނީ ހަތިޔާރުތަކާއިއެކު އުފެދިފައި އޮތް އަސްކަރިއްޔާ އޮތް ދެގައުމަށް ވާއިރު، ފާއިތުވެދިޔަތަނުގައި މިދެގައުމުންވަނީ ނޭޓޯގެ އަސްކަރީ އޮޕަރޭޝަންތަކަަށް އެހީތެރިކަންވެސް ފޯރު ކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *