"ގަދަރް 2″ ގައި ސަނީ ފެންނަ ގޮތް ދައްކައިލައިފި

"ގަދަރް 2″ ގައި ސަނީ ފެންނަ ގޮތް ދައްކައިލައިފި

2001 ވަނަ އަހަރު ގެނެސްދިން ބްލޮކްބާސްޓާ ފިލްމް "ގަދަރް: އެކް ޕްރޭމް ކަތު"ގެ ދެވަނަ ބައިގާ ފިލްމްގެ ލީޑް ތަރި ސަނީ ޑިއޯލް ފެންނާނެ ގޮތް ދައްކައިލައިފިއެވެ.

ޒީ ސްޓޫޑިއޯގެ ކުޑައިގެ ދަށުން އަންނަ އަހަރުގައި އެޅުވުމަށް ތާވަލްކޮށްފައިވާ ފިލްމްތަކުގެ ޓީޒާ އަކާއި އެކުގައި އެމީހުން ވަނީ އައު އަހަރުގެ ތަހުނިޔާ ކިޔައިފައިއެވެ. މި ކުރު ވީޑީއޯ ކޮޅުގައި އަންނަ އަހަރު ފެނިގެންދާނެ ފިލްމް ތަކުގައި ތަރިން ތިބޭގޮތް ވަނީ ދައްކައިލައިފައިއެވެ.

"ގަދަރް: އެކް ޕްރޭމް ކަތު"ގެ ދެވަނަ ބައިގާ ފެނިގެންދާނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައި ވާ ލޯބިކަމަށް މީޑިއާއިން މީގެ ކުރިން ވަނީ ބުނެފައިއެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ފިލްމް ރިލީޒް ކުރާ ދުވަހެއް އަދި އިއުލާން ނުކުރެއެވެ.

 

View this post on Instagram

 

A post shared by Sunny Deol (@iamsunnydeol)

މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާއެވެ. އުތުކަރުޝް އަކީ "ގަދަރް: އެކް ޕްރޭމް ކަތު"ގެ ޑައިރެކްޓަރ އަނިލް ޝަރްމާގެ ދަރިފުޅެވެ. އަނިލް ޝަރްމާ އަކީ ޑިއޯލް އާއިލާގެ ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި “ގަދަރް” ގެ އިތުރުން ” ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި” އަދި “އަޕްނޭ” ފަހަގަކޮށްލެވެ އެވެ. އޭނާ މިހާރު އަންނަނީ ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެންނާނެ ފިލްމު “އަޕްނޭ-2″ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

ސަނީ މިހާރު ބޮޑު ސްކުރީނުން ފެންނަނީ ވަރަށް މަދުންނެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ "ބްލޭންކް" އެވެ.

 

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *