އަދާލަތު ޕާޓީ އަބަދުވެސް އޮންނާނީ އަދުލުވެރިކަންމަތީގައި: ޝައިޚް އިލްޔާސް

އަދާލަތު ޕާޓީ އަބަދުވެސް އޮންނާނީ އަދުލުވެރިކަންމަތީގައި: ޝައިޚް އިލްޔާސް

އަދާލަތު ޕާޓީ އަބަދުވެސް އޮންނާނީ އަދުލުވެރިކަންމަތީ ގައިކަމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތު ކުރެވޭމީހުން ހައްޔަރުކުރަން ފެށުމާއެކު އިލްޔާސް ވަނީ ކޮންމެ ހާލަތެއްގައިވެސް އަދާލަތު ޕާޓީއާއި އެޕާޓިގެ ލީޑާރޝިޕް ދެމިއޮންނާނީ އަދުލުވެރިކަން މަތީގައިކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވިޔަސް އަދި ސަރުކާރުގައި ހިއްސާވިޔަސް އެ އަސާސް ހިފަހައްޓާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް މިހެން ވިދާޅުވިނަމަވެސް އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުން ލަސްވުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރާ، އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާނަށްވެސް އަމާޒުވިޔެއެވެ. ޚައްޞަކޮށް ޔޯގާ ހަމަނުޖެހުންތަކުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިން ހައްޔަރުކޮށް، އެއްޖިންސުން ގުޅުން ހިންގިމީހުން ހައްޔަރުކުރުން ލަސްވުމުން އަމާޒުވި ފާޑިކިޔުން އިތުރެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކިުރަން ފެށީ، ޢާންމުންގެ ބޮޑު ޕްރެޝަރަކާހެދިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެމެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި ފުލުހެއްވެސް ހައްޔަރުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *