ލޯބިވެރިޔާގެ އުފަންދުވަސް ސަލްމާން ފާހަގަ ކޮށްފި

ލޯބިވެރިޔާގެ އުފަންދުވަސް ސަލްމާން ފާހަގަ ކޮށްފި

ސަލްމާން ހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ގިނަ ބަޔަކު ގަބޫލު ރޯމެނީއާގެ މޮޑެލް/އެކްޓްރެސް ޔޫލިއާ ވަންތޫރް ގެ އުފަން ދުވަސް އޭނާ ފާހަގަ ކޮށްފިއެވެ.

ގާތް މީހުންނާއި އެކު ޔޫލިއާގެ އުފަން ދުވަސް ފާހަގަ ކުރި އިރު އެ ޕާޓީގައި ސަލްމާންގެ އިތުރުން އެއާއިލާގެ ހުރިހާ ފިރިހެނުންހެން ބައިވެރި ވިއެވެ. އޭގެތެރޭގައި އަރްބާޒް ހާން، ސޮހެލް ހާން ގެ އިތުރުން އެމީހުންގެ ކޮއްކޮ އަލްވިރާގެ ފިރިމީހާ އަޔޫޝް ޝަރްމާވެސް ބައިވެރި ވިއެވެ.

ސަލްމާން ބިޒީ ޝެޑިއުލް އިން ވަގުތު ހޯދައިގެން ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަ ކުރުމަށް ގޮސްހުރީ ކަޅު ކުލައިގެ އައުޓްފިޓްއެއްގައެވެ. ހަމަ އެފަދައިން ޔޫލިއާވެސް ހުރީ ކަޅުކުލައިގެ އައުޓްފިޓްއެއްގައެވެ.

 

View this post on Instagram

 

A post shared by Iulia Vantur (@vanturiulia)

ދެމީހުން "ޓްވިން" ހެދިގެން މި ޕާޓީގައި ބައިވެރިވިރު ޔޫލިއާ ވަނީ މި ޕާޓީގެ އުސް އަލިތަށް އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިއެވެ. އާދިއްތަ ދުވަހު ޔޫލިއާގެ އުފަން ދުވަސް ފާހަގަ ކުރިއިރު ސަލްމާން މި ވަގުތު ބިޒީވެގެން އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ކަބީ އީދް ކަބީ ދިވާލީ" ގެ ޝޫޓީން ގައިއެވެ.

ސަލްމާން ވެސް އަދި ޔޫލިއާވެސް އެމީހުން ރައްޓެހި ވެގެން އުޅޭ ކަމަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ރަހުމަތެރި ކަމަށް ވުރެ ގާތް ގުޅުމެއް އެދެމެދުގައި އޮންނަ ކަމަކީ ސިއްރެއް ނޫނެވެ. އަދި ޔޫލިއާ ސަލްމާންގެ އާއިލާ އާއި އެކުގައި އުޅެމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

އިނޑިއާގައި ޔޫލިއާ އުޅުން ކަމުގައިވިޔަސް ބޮލީވުޑްއަށް އަދިވެސް އޭނާ ބީރައްޓެއްސެވެ. އޭނާގެ ވަރަށް މަދު މަސައްކަތެއް ނޫނީ އަދި ފެންނާކަށް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *