އަދާލަތު މިސަރުކާރުގައި ނެތްނަމަ މުޅި ދައުލަތް އޮތީހީ އޮޔާ ގޮސްފަ: މުސްތަފާ

އަދާލަތު މިސަރުކާރުގައި ނެތްނަމަ މުޅި ދައުލަތް އޮތީހީ އޮޔާ ގޮސްފަ: މުސްތަފާ

އަދާލަތު ޕާޓީ ސަރުކާރުގައި ނެތްނަމަ މުޅި ދައުލަތް އޮތީހީ އޮޔާ ގޮސްފައިކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅު ވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝެއިޚް އިމްރާންއަކީ ވަރަށް ހިކުމަތްތެރި ޝަޚިސިއްޔަތެއް ކަމުގައެވެ.

ފަހަކަށް އައިސް ތަފާތު ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢިމްރާންގެ ގެންދަވަނީ ސިޔާސީ މަސްރަހުގައި ހިގާ ގިނަ ކަންކަމާ ގުޅޭގޮތުން ޓުވީޓު ކުރައްވަމުންނެވެ.

ދާދިފަހުން ހިނގަފައިވާ ބައެއް ފާހިޝް ކަންކަމާ ގުޅޭގޮތުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމުގެ އިޖުތިމާއީ ފޭރާން ވީދައި، މާތް ރަސްކަލާންގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާޚިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ޤާނޫނީ ހަމަތަކުގެ މަތީން އަޅަންވާ ފިޔަވަޅު އެޅުމަކީ، ނުކޮށް ދޫކޮށްލާނެ ކަމެއް ނޫންކަމަށެވެ.

މާތް ވެގެންވާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ހިންގައި، ފާޚިޝް ހަޑިމުޑުދާރު ޢަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނުނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެކަމަށްވެސް ހޯމް މިނިސްޓަރ އިމްރާންވިދާޅުވެފައި ވެއެވެ.

އެއްޖިއްސުން ގުޅުންހިންގުމުގެ މައްސަލަތައް ފެންމަތިވެ، ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް މިކަމުގައި ޝާމިލުވާ ބައެއް މީހުން ހައްޔަރު ނުކުރެވި ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒު ވަމުންނެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ ސަރުކާރުގެ އިސްފަރާތްތަކާއި ގުޅުން އޮތް މީހުންނަށް ވުމުން ފިޔަވަޅު އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *